ބީއެމްއެލް

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ ފެބުރުއަރީ ހަވަނަ ދުވަހުގެރޭ

އަހުމަދު ނާއިފް
26 ޑިސެމްބަރ 2013 23:27 5 ކޮމެންޓު
 • ނަސަންދުރަ ޕެލެސް ހޮޓަލުގައި ނޮވެމްބަރު 8، 2012 ގައި ބޭއްވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާއްމު ޖަލްސާގައި އެ ބޭންކްގެ ބޯޑް މެންބަރުން. -- ހަވީރު ފޮޓޯ/މުހައްމަދު ވަހީދު

ފަސް ކުރި ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ގޮތަށް އެ ބޭންކުން ނިންމައިފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ތާވަލުކުރި އަހަރީ އާންމު ޖަލްސާ ފަސްކުރީ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާފައިވާ ނަންތަކަށް ބަދަލު ގެންނަން ސަރުކާރުން ބޭނުންވުމުންނެވެ.

އެ ބޭންކުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ޖަލްސާ އޮންނާނީ ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަސަންދުރާގައި ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވެވޭނީ އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ކަމަށް ވެސް ބޭންކުން ބުންޏެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ ޖަލްސާ އަށް ވެސް އެޖެންޑާކޮށްފައި ވަނީ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުމާއި ޑިރެކްޓަރުން ބޯޑަށް މެންބަރުން އިންތިހާބު ކުރުމާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުމެވެ. އަދި ހިއްސާދާރުންނަށް ފައިދާ ބެހުމާ ގުޅޭ ގޮތުން ވެސް އެ ޖަލްސާގައި ގޮތެއް ނިންމާނެ އެވެ.

އަހަރު ނިމުމުގެ ކުރިން އޮޑިޓަރުން އައްޔަންކުރަން ޖެހޭތީ ބޭންކުން އަންނަ ހޮނިހިރު ދުވަހުގެ ރޭ ހިއްސާދާރުންނަށް ހާއްސަ ޖަލްސާއެއް ބާއްވާނެ އެވެ. އޮޑިޓަރުން އެކަނި އައްޔަން ކުރަން ނިންމާފައިވާ އެ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން ވެސް އެޖެންޑާކޮށްފައި ވަނީ އަހަރީ އާންމު ޖަލްސާއަށެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

5 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait